ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެފަރާތުން ހަމަލާތައް ބަދަލުކުރި ނަމަވެސް އަލުން ވާހަކަތައް ފަށަން ކުރެވޭ މަސައްކަތް ނުހުއްޓޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ
TTH_Ads
STO_Ads
Advertisement

އީރާނާއި އެމެރިކާއިން ހަމަލާތައް ބަދަލުކުރި ނަމަވެސް، ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް އީރާނުންވެސް ބުނެފިއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، ދެފަރާތުގެ ދެމެދުގައި އަލުން ވާހަކަތައް ފެށުމަށް ކުރެވެމުންދާ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއާއެކު ސޮއިކުރި އެމްއޯޔޫގައި ހިމެނޭ އެއްވެސް މާއްދާއަކީ އީރާނުން ޚިލާފް ނުވާ ކަމަށާއި، އެމްއޯޔޫއާ އީރާނު ޚިލާފްވި ކަމަށް ބުނުމުގެ ޖާގަ އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

HajjCop_ads
Advertisement

އިސްމާއިލް ބަގާޔީ ވިދާޅުވީ، ދެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އެމްއޯޔޫގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އޭގައި ހިމެނޭ ގިނަ ކަންކަމާ ޚިލާފްވެފައިވަނީ އެމެރިކާއިން ކަން ސާބިތުވާނޭ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންގެންދަނީ ހޮރްމޫޒު ކަނޑުއޮޅިއަށް އަތްގަދަކުރަން އެމެރިކާއިން މަސައްކަތް  ކުރަނީ އެމްއޯޔޫއާ ޚިލާފަށް ކަމަށެވެ. ހޮރްމޫޒު މެނޭޖްކުރުމަށް އީރާނާއި އުމާން ގުޅިގެން އުސޫލުތަކެއް ކަނޑައަޅަން 60 ދުވަހުގެ މުހުލަތުގައި ހިމެނޭއިރު، އެ މުއްދަތުގައި އީރާނުން ކަނޑައަޅާ ގޮތެއްގެމަތިން ހޮރްމޫޒު ހުރަސްކުރަން އެމެރިކާއިންވެސް އެއްބަސްވެފައި ވެއެވެ.

ނަމަވެސް، އީރާނުގެ އެންގުންތަކާ ޚިލާފްވެ އަދި އެމެރިކާއިން ވާގިދީގެން ބައެއް އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރަން އުޅުމުން އީރާނުން އެކަން ހުއްޓުވުމުން އެމެރިކާއިން ގެންދަނީ އީރާނަށް ވަރުގަދަ ވައިގެ ހަމަލާތައްދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ރައްދުގައި އީރާނުންވެސް ގެންދަނީ، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަނަށް ޑްރޯންއާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ބޭސްތަކަށް ބޮޑެތި ގެއްލުންތައް މިހާތަނަށްވެސް ލިބިފައި ވެއެވެ.

އެމެރިކާ ސިފައިންގެ ޑްރޯން ސައިޓްތަކަށާއި، އަސްކަރީ ބޭނުމަށް ތެޔޮ ރައްކާކޮށްފައި ހުންނަ ތަންތަނަށްވެސް އީރާނުން ސަޕްރައިޒް ހަމަލާތައްދީ ގޮއްވަމުން އެބަ ގެންދެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާން އެއްބަސްވުމަކަށް، ހޮރްމޫޒު ވަގުތުން ނުހުޅުވާނެ

ޕާކިސްތާނުގެ ބޮޑުވަޒީރާއި، ސިފައިންގެ ވެރިޔާ މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ