ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

mma
STO_Ads
TTH_Ads
Maldivian_Ads
Advertisement

މި އަހަރުގެ މިހާތަނަަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންްޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު 2017 ވަނަ އަހަރު ގާއިމުކުރީ ދައުލަތުން ނަގާ ދަރަނީގެ ބުރަ އަންނާން ހުރި ޖީލުތަކަށް ވާރުތަވިޔަނުދީ، އެ ދަރަނި އަދާކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފައިސާގެ ވަކި މިންވަރެއް އެ ފަންޑަށް ކޮންމެ މަހަކު ޖަމާކުރެއެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ބޭރު ފައިސާއިން 200 މިލިއަންް ޑޮލަރާ ގާތްކުރާ އަދަދަށް ފައިސާ ރައްކާކުރެވިފައި ހުއްޓެވެ. ނަމަވެސް 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކުގެ މެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ފަންޑުގައި ހުރި ބޭރުފައިސާ މާރުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ.

HajjCop_ads
Advertisement

އަދި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އިގުތިސާދު ހީނަރުވެ ބޭރުފައިސާއިން އާމްދަނީ ލިބުން ހުއްޓުނު ދަނޑިވަޅުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާގެ ބޮޑު އިންސައްތައެއް ދިވެހި ރުފިޔާއަށް މާރުކުރިއެވެ.

2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރެވެ. އެ ދުވަހުން ފެށިގެން އަހަރުން އަހަރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރާ ބޭރު ފައިސާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން 2026 ވަނަ އަހަރުގެ އޭޕްރީލު މަހުގައި ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓުގެ ބޮޑު ބައެއް އަދާކުރީ އޭގެ ކުރީ ދޮޅުއަހަރެއްހައި ދުވަހު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކޮށް ރައްކާކުރި ފައިސާއިންނެވެ.

މި އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 1.2 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، ނިމުނު އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފަައިވަނީ އެއް ބިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު ޖަމާކުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ %10.3 އިތުރުވެފައިވެއެވެ.

ސަރުކާރުން އަންނަނީ ބޭރުގެ ދަރަނީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ހިރާސް ކުޑަކުރުމަށް ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓުގައި ރަައްކާކުރެވިފައި ހުރި ފައިސާ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ މިންވަރު 40 ޕަސަންޓަށް

mma

ޑޮލަރުން މުސާރަ ލިބޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަކީ ދިގު މުއްދަތުގެ ގޯލެއް: މުނައްވަރު

Munavvar

2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް: ގަވަރުނަރު މުނައްވަރު

MMA

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދޭ ވެރިފިކޭޝަން ނިޒާމެއް