ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Io
STO_Ads
TTH_Ads
Advertisement

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރައްވައިފިއެވެ.

ފައިސަލް މިކަން ހާމަކުރެއްވީ އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ ނައިބުރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް ގައުމަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަކާއި ގައުމާމެދު ކުރެއްވި އުއްމީދުތަކެއް ހުރި ކަމަށާއި، އެ ކަންކަން ހާސިލުކުރުމަށްޓަކައި އޭރުން ފެށިގެން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި މިއަދު އެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވިޔަސް ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށާއި، އެ އުއްމީދާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެވޭނެ ގޮތަކީ ކޮބައިކަން ބެލުމަކީ ވަރަށް މުހިންމު ކަމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެމްޑީޕީގެ ކާމިޔާބީ ގުޅިފައިވަނީ ޕާޓީގެ އެއްބައިވަންތަކަމާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިހާބުގައި ކޮންމެ ބޭފުޅަކު ނުކުމެވަޑައިގަތް ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި މުޅި ޕާޓީ އޮވެގެން ނޫނީ ކާމިޔާބު ހޯދުން ދަތިވާނެ ކަމަށް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި