ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ މަހު އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފަށަނީ

immigration
TTH_Ads
STO_Ads
Advertisement

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ދިވެހި “އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު” ޕްރިންޓްކުރުމަށް ބޭނުންކުރާ “ޕާސްޕޯޓު ބުކްލެޓް” ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން މިހާރު އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަމުންނެވެ.

އިމިގްރޭޝަނުން “އެމްއެމްޓީވީ”އަށް ބުނީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ތަކެތި ލިބުމުން އަލުން ހިދުމަތް ފަށާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

HajjCop_ads
Advertisement

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އެއްވެސް ހުރަހެއްނެތި ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭނެއެވެ. އަދި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުވެސް ފަސް އަހަަރަށް ލިބޭނެއެވެ. އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހެއްދުމަށް 1,000 ރުފިޔާގެ ފީއެއް ނަގާއިރު، މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.

މިވަގުތު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހަދާ ފަރާތްތަކުން، އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ލިބުމުން އެ ޕާސްޕޯޓު ހެއްދުމަށް ބޭނުންވާނަމަ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން “ކެންސަލޭޝަން ފީ” ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Passport

ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފި

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ

bidheyseen

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި