ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

STO_Ads
TTH_Ads
Advertisement

އަސާސީ ޞިއްޙީ ޚިދުމަތް އާލާކުރުމުގެ ޤައުމީ މަޝްރޫއުގެ ދަށުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ. އަތޮޅުގައި ފަށައިފިއެވެ. ލ. އަތޮޅަކީ މި ޕްރޮގްރާމް ފެށި 18 ވަނަ އަތޮޅެއެވެ.

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަތުމަށްފަހު، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން، ލ. އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ދަނީ ހިންގަމުންނެއެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، އަސާސީ ޞިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ފުޅާކުރުންކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީ އަދި ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރިސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކްގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ޕްރޮގްރާމުގައި ޢާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރި ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނޭ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، އަވަހަށް ބަލި ދެނެގަތުމަށް ފެށި މި އިބްތިދާއީ ޞިއްޙީ ނިޒާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަ ކަމާއެކު ޞިއްޚީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމު ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން މި އިބްތިދާޢީ ޞިއްޙީ ނިޒާމް ދިރުވާ އާލާކުރުމަށް “ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް”ގެ ކޮމިއުނިކޭޝަން ކެމްޕޭން ވަނީ އިފްތިތާޙް ކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

kulli khabaru

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހުކޮށްފި