ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

43
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖެއިން ކެންސަރު ބައްޔަށް ބޭނުންކުރާ ޑެޒަލެކްސް އިންޖެކްޝަންގެ ފޭކު ބެޗެއް ފެނިފައިވީ ނަމަވެސް، އެއްވެސް ބަލިމީހެއްގެ ގަޔަށް އެ އިންޖެކްޝަން ޖަހާފައިނުވާކަމަށް ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ. އަދި މިއީ ރާއްޖޭގެ ބޭސްފިހާރައަކުން ވިއްކާފައިވާ އެއްޗެއް ނޫންކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިންޖެކްޝަނަކީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މަލްޓިޕަލް މައިލޯމާ އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަ ހުކުރު ދުވަހު މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރީ ރާއްޖެއިންނެވެ. މިއީ ބަލިމީހަކު އަމިއްލަ ގޮތުން ރާއްޖެއިން ބޭރުން ގެނެސްފައިވާ ބޭހެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.

ބަލިމީހާގެ ގަޔަށް އިންޖެކްޝަން ޖެހުމުގެ ކުރިން، ޑޮކްޓަރަށް ދެއްކުމުން މިއީ ފޭކު އެއްޗެއްކަން ވަނީ ދެނެގަނެވިފައެވެ. މިކަމުން ދޭހަކޮށްދެނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެވިފައިވާ މިންވަރު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނެފައިވާ ގޮތުގައި، ފެނުނު ފޭކު އިންޖެކްޝަންގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުއްޓެވެ.

HajjCop_ads
Advertisement

މި ބޭހުގެ އަސްލު އުފައްދާ ކުންފުންޏަކީ ޖެންސެންއެވެ. އެ ކުންފުނިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެމްވައިއެސް7381 އަދި އެސްޓީވީ1ކޭ01 މިއީ އެ ކުންފުނިން އުފައްދާފައިވާ ބެޗުތަކެއް ނޫނެވެ. މި ފޭކު އިންޖެކްޝަންގެ ސަބަބުން ބަލިމީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށާއި، އިންފެކްޝަން އުފެދި ބަލި އިތުރަށް ގޯސްވުމާއި މަރުވުމުގެ ފުރުސަތު އޮތްކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރުދީފައެވެ. ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުން މިފަދަ ބޭސްތައް ގަތުމަކީ ނުރައްކާތެރިކަމެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި