ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި

kulli khabaru
TTH_Ads
STO_Ads
Advertisement

ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ “ޑާޒަލެކްސް” ގެ އަސްލު ނޫން އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖައްމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގައިފިއެވެ.

ޑަބްލިއުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މާކެޓުން މި ބޭހުގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު އެ ޖަމްއިއްޔާއަށް ލިބިފައިވާ ކަމަށެވެ.

މި ބޭހުގެ އަސްލު ނޫން އިންޖެކްޝަންތައް ދައުރުވަމުންދާތީ، އޭގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ، ބޭހުގެ އަސްލު ނޫން މާއްދާތައް ހުރުމުގެ ސަބަބުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވުމާއި، އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

HajjCop_ads
Advertisement

ޑާޒަލެކްސް އިންޖެކްޝަން – ފޮޓޯ: އެވްރީވަން.އޯގަނައިޒޭޝަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މިހާރު އަންނަނީ މި މައްސަލަ އިތުރަށް ބަލައި، ބޭސް ވިއްކާ ފަރާތްތަކާއި ހޮސްޕިޓަލްތަކުން މި ބޭހުގެ ބެޗް ނަންބަރުތަކަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭސް ބޭނުންކުރުމުގެ ކުރިން އޭގެ ޕެކޭޖިންގ އާއި ލޭބަލްގައި ހުންނަންޖެހޭ ކަންކަން ހުރިތޯ ޔަޤީންކުރުމަށް އަންގާފައިވެއެވެ.

މި ބާވަތުގެ ފޭކް ބޭސްތައް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށާއި، މިހާރު ފެނިފައިވާ ބެޗްތައް ބާޒާރުން ނެގުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗުއޯއިން ވަނީ ބޭސް ގަންނައިރު އިތުބާރު ހުރި މަސްދަރުތަކުން ނޫނީ ބޭސް ނުގަތުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ދިވެހިރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް ވަނީ މި ފޭކް އިންޖެކްޝަންތައް ފެނިފައެވެ.

’ޑާޒަލެކްސް‘ އަކީ އާންމުކޮށް ’މަލްޓިޕަލް މައިލޯމާ‘ ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހުކޮށްފި