ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ޓަވަރުތަކުގައި ބޮޑެތި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

Screenshot 2026 07 06
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޝްރޫޢު ނިންމައި، އައު ލިފްޓުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

މި މަޝްރޫޢުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ޚާއްޞަ ސްޓްރެޗަރ އެރުވޭނެ ފަދަ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، އާންމުން ދަތުރުކުރުމަށް ބޭނުންކުރާނެ 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ. މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.

25 ފަންގިފިލާގެ ހިޔާ މަޝްރޫޢުގައި 6,720 ހައުސިންގ ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހުރެއެވެ. އަދި ކޮންމެ ޓަވަރެއްގެ އާބާދީ 2,000 އާ ގާތްކުރެއެވެ. ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. މީގެ ކުރިން ކޮންމެ ޓަވަރެއްގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ. އެހެންކަމުން، އާބާދީ ބޮޑު މި ޓަވަރުތަކުގެ ރައްޔިތުންނަށް އަރައި ފޭބުމުގައި ކޮންމެ ދުވަހަކު ބޮޑެތި ކިއުތަކެއްގައި މަޑުކުރަންޖެހި، ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

HajjCop_ads
Advertisement

މި މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ޙަވާލުކުރިއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އައު ލިފްޓުތަކާއެކު ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި

hdc

އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަން ރުފިޔާ ސަލާމަތްކޮށް، މާލީ ހިންގުން ހަރުދަނާކޮށްފި

446765 3 b5f4426cdd1d4016712d1bde80f37bc2665dc509

ފަހި ފްލެޓުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި