ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިިމަބިހި ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއެންޔޫއިން ފަށައިފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ ޚާއްޞަ ވެކްސިން ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މިއީ ޞިއްޙީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ “މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަނެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މަހްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، މިވަގުތު މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. ހިމަބިއްސަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން މި ބަލިން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވޭ. އަދި ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދޭ. މިހާތަނަށް މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވޭ.” ސްޓޭޓް މިނިސްޓަރު ރަފީޤު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ހިމަބިހި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ޞިއްޙަތާއި މުޖުތަމަޢުގެ ލާބަ ހާސިލުކުރުމަށް ބަލިތަކުން ރައްކާތެރިވުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

“މިފެށުނު ވެކްސިން ދިނުމުގެ ކެމްޕޭނަކީ ހިމަބިހި ކޮންޓްރޯލްކުރުމަށް އެޅިވަރަށް މުހިންމު ފިޔަވަޅެއް. އެހެން ކަމުން މިހަރަކާތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކުގެ ކުދިން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަން.” ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ އެ ޔުނިވަރިސިޓީގެ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވުމުން މި ހަރަކާތް އަތޮޅުތަކުގައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23ގެ ފަހުންކަމަށެވެ. ނަމަވެސް މި މުއްދަތުގައި މާލޭގެ ކެމްޕަސްތަކުގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާނެކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް މިއަހަރު މޭމަހުން ފެށިގެން ހިމަބިހީގެ ކޭސްތައް ރާއްޖޭގައި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން މި ބައްޔާމެދު އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ވަނީ ފަށާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ ފެކަލްޓީގެ ޑީންގެ މަޤާމަށް ޝަބާއު

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

އެމްއެންޔޫގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ

students

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި