ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރައްވައިފި

HMZMePXbcAAp8Ti
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފާއި ޖަޕާނުގެ ޓްރެވެލް އޭޖެންޓުގެ އެސޯސިއޭޝަނާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ސަފީރު އަހުމަދު މަހްލޫފް، ވަނީ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ ބާއްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައިވާ ކަމާށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ.

މިމަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރައްވާ ސަފީރު މަޙްލޫފް މީސްމީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ޖަޕާނު މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާއި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމުގެ ތެރެއިން ރާއްޖެއާއި ޖަޕާނާއި ދެމެދު ފަތުރުވެރިކަމުގެ ދައިރާއިން އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު