ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލާނެ

Io
Maldivian_Ads
TTH_Ads
STO_Ads
Advertisement

އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ނިންމާފައިވާ ވެރިކަންކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިންތިހާބާ ބެހޭ ކޮމިޓީން އިސްނަގައިގެން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވެގެންދާނެކަމަށެވެ.

“މި އިންތިހާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ، މާނައަކީ 131 ރަށުގައި ވާދަވެރި އިންތިހާބެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،” ފިރުޒުލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިހާބުގައި ވޯޓުލެވޭނީ ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕާޓީގެ ޕޯޓަލްގެ ތެރެއިން މިއަދުން ފެށިގެން ހުޅުވާލާފައިވެ އެވެ.

މީގެއިތުރުން ރީ-ރަޖިސްޓްރޭޝަނަށް ވެސް ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.

އިންތިހާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބުކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

43

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް