ޢަލީ ރަމީޒުގެ މަންފާ އެކެޑަމީ އިފްތިތާޙްކޮށްފިއެވެ.
މި އެކެޑަމީއަކީ ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމުގެ އަމާޒުގައި އުފެއްދި އެކެޑަމީއެކެވެ.
ރޭ ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި އެކެޑަމީ އިފްތިތާޙްކޮށްދެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރ އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ.

ޢަލީ ރަމީޒޮގެ މަންފާ ޖަމިއްޔާގެ ކުޑައިގެ ދަށުން ވުޖޫދުވެގެން އައި މަންފާ އެކަޑަމީގެ ޗެއަރމަނެއްގެ ގޮތުގައި ހުންނަވާނީ މަންފާ ޖަމިއްޔާގެ ފައުންޑަރ ޢަލީ ރަމީޒެވެ.
މި އެކެޑަމީގެ ރައީސެއްގެ ގޮތުގައި ހުންނަވަނީ ވޮލީގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ސާޖިދްއެވެ. ނައިބުންގެ ގޮތުގައި ތިއްބަވާނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗް ޢަލީ ނިސްތާރު މުޙައްމަދާއި މުޙައްމަދު ތައުފީޤުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗް އިބްރާހީމް ރަމީޒެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއާރމަން ޢަލީ ރަމީޒް ވިދާޅުވީ މަންފާ އެކަޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ، އަދި އިސްލާމީ ދަޢުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށްކަމަށެވެ.
މަންފާ އެކެޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު އަދި ހުޅުވާލާފައި ނުވި ނަމަވެސް ދާދި އަވަހަށް އެފުރުސަތު ހުޅުވާނެކަމަށާ އެކަން އާންމުކޮށް އަންގާނެކަމަށް މަންފާ އެކެޑަމީން ބުންޏެވެ.
މި އެކެޑަމީގެ ނައިބު ރައީސް ނިސްތާރު ވިދާޅުވީ މަންފާ އެކެޑަމީއިން ތަމްރީނުވެގެން ނުކުންނާނީ ހަމައެކަނި ކުޅިވަރު ކުޅޭނެ ކުދިންތަކެއް ނޫންކަމަށާ، މި އެކެޑަމީއިން ތަމްރީނުވާނީ ނަމާދަށް ފަރުވާތެރި ދީނީ ކަންކަމަށް ބޯލަނބާ ޖީލެއްކަމަށެވެ.
މަންފާ ޖަމްޢިއްޔާއިން މިފަދަ އެކެޑަމީއެއް އިފްތިތާޙް ކޮށްފައިވާއިރު މި ޖަމްޢިއްޔާއިން ދަނީ ދީނީ ދަޢުވަތު ދިނުމުގެ މުހިއްމު މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންކަން ފާހަގަކުރެވެއެވެ.









ކިޔުންތެރިންގެ ހިޔާލު