ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުގެ ވިޔަފާރިތަކަށް ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި

STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގައި އިވެންސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ގުޅޭ އެކި މައުލޫމާތުތައް ހިއްސާކުރުމަށް ޖަޕާނުގެ ވިޔަފާރިތަކަށް ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ އާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނާ އެކެވެ. ޖެޓްރޯ އަކީ ޖަޕާނުންގެ ވިޔަފާރިތަކުން އެހެން ޤައުމުތަކުގައި އިންވެސްޓްކުރުމާއި ގުޅޭ ކަންކަމުގައި އެ ޤައުމުގައި ހަރަކާތްތެރިވާ ރަސްމީ ޖަމިއްޔާ އެވެ.

އެމްއެމްޓީވީއަށް މިރޭ މައުލޫމާތު ދެއްވަމުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މި ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

މޯލްޑިވްސް އިންވެސްޓްމަންޓް ވެބިނާއަށް ޖަޕާނުގެ ވިޔަފާރިތަކަށް ދައުވަތު ދެއްވާފައެވެ. ވެބިނާގައި ބައިވެރިވާނެ ވިޔަފާރިތަށް ހޯދުމުގެ މަސައްކަތް ކުރަނީ ޖެޓްރޯއިންނެވެ.

ސަފީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގެވުމުގެ މަތީން ޤާނޫނަށް ގެނެފައިވާ ބަދަލުތަކާއި މިހާރު ރާއްޖޭގައި ހުރި ވިޔަފާރީގެ ފަހި ފުރުސަތުތައް ޖަޕާނުގެ ވިޔަފާރިވެރީންނާއި އިންވެސްޓަރުންނާއި ވެބިނާ މެދުވެރިކޮށް ހިއްސާ ކުރެވޭނެ އެވެ.

މިވެބިނާގައި އިކޮނޮމިކް މިނިސްޓަރު ސަޢީދު އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ސަފީރު މަޚްލޫފްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ޖެޓްރޯ، ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ އަދި ޖައިކާގެ އިސްވެރިން ވާހަކަ ދައްކަވާނެއެވެ.

ވެބިނާގެ ކަންކަން އިންތިޒާމު ކުރުމުގައި ޖެޓްރޯ އިންކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އުންމީދަކީ އެ ޤައުމުގެ ވަރަށް ގިނަ ވިޔަފާރިތަކާއި އިންވެސްޓަރުން މި ވެބިނާގައި ބައިވެރިވުން ކަމުގައި ވިދާޅުވި އެވެ.

ޖަޕާނަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ކުރީގެ މިނިސްޓަރު އަޙްމަދު މަޚްލޫފް ހަމަޖެއްސެވުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސަފީރު ވަނީ ޖަޕާނަށް ވަޑައިގެންފަ އެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ އިތުރުން ޖަޕާނުންގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އަންގައިދިނުމަށް މިފަދަ ވެބިނާއެއް ބޭއްވެވުމުގެ މަޝްވަރާތައް ކަމާގުޅޭ އިދާރާތަކާއެކު ސަފީރު މަޚްލޫފް ވަނީ ކުރައްވާފަ އެވެ.

މިއީ އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ފަހިވި ވެބިނާ އެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

88887

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޖަޕާނު ރަސްގެފާނަށް މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި