ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން ފޮނުވަން ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއަށް ބޭނުންވާ ސާމާނުތައް އެ ކުންފުނިން ރާއްޖެ ގެނެސްފިއެވެ.

އެޗްޑީސީން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން 71 ރަށެއްގައި ގާއިމްކުރާ ޖިމްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ލިބިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ތަކެތި ރަށްރަށަށް ފޮނުވުމާއި ބެހުމުގެ މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ޖިމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ށ. މާއުނގޫދޫ، ރ. ދުވާފަރު، ބ. ދަރަވަންދޫ، އދ. މާމިގިލި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިގިލި ހިމެނެއެވެ. މީގެ އިތުރުން ހދ. ހަނިމާދޫ، އއ. ފެރިދޫ އަދި ތ. ވަންދޫ ފަދަ ގިނަ ރަށްތަކެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

އެޗްޑީސީން އިތުރަށް ބުނެފައިވާ ގޮތުގައި، ބައެއް ރަށްރަށުގެ ޖިމްތަކުގެ ކުރެހުންތައް މިހާރު ވަނީ ފާސްކޮށް ނިމިފައެވެ. އަދި އެ ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ ރަށްރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hdc

އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަން ރުފިޔާ ސަލާމަތްކޮށް، މާލީ ހިންގުން ހަރުދަނާކޮށްފި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

446765 3 b5f4426cdd1d4016712d1bde80f37bc2665dc509

ފަހި ފްލެޓުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި