ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

education minister
STO_Ads
TTH_Ads
Maldivian_Ads
Advertisement

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000ން މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވައި ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ދުވަސްވަރުކަމަށާއި އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާންޖެހޭވަރުގެ މައްސަލައެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.

HajjCop_ads
Advertisement

ވަޒީރު ޝަފީއު ވިދާޅުވީ، ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ބެލެނިވެރިންނާއި މުދައްރިސުން ވެސް އެކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ.

“ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،” ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ދުވަސްވަރު ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބަލަމުންދާ ކަމަށެވެ. އެކަމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މި މަހުން ފެށިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ދުވަހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްއެސްސީ ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިހާނު މިއަހަރު 10 ސްކޫލެއްގައި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް

ނޯޔާއަށް މިޝަން ޝާކްތީސެޓްގެ 2ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ

އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި