ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ފުލެޓަކުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި

Amaan Dhoadhi hulhumale
އަމާން ދޯދި ފްލެޓްތަކެއް — ފޮޓޯ: ވޮއިސް
STO_Ads
TTH_Ads
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭގެ ފަހުން އެ ކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާގެ ހާލަތު ރަނގަޅުވަމުން އަންނާތީ، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އަދި މިހާރު އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އާންމު ވޯޑަށް ބަދަލުކޮށްގެން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފުސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މިހާތަނަށް މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގު ނިމުމުން އިތުރު ތަފުސީލުތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

Io

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް އޮންނަ އިތުބާރު ބޮޑުވެއްޖެ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

Igmh

ރާއްޖޭގައި ނެނޯ ނީޑަލް ބޭނުންކޮށްގެން ސާޖަރީތައް ކުރަން ފަށައިފި