މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ފާލަމުގައި އަޅަފައި އޮތް ބާޖަކުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރު އަދިވެސް ނުފެންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ޖުމްލަ ފަސް ކޮއިންޓަރު ކަނޑަށް ވެއްޓުނުކަމަށާއި، އޭގެތެރެއިން 2 ކޮންޓެއިންނަރު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ކޮންޓެއިނަރތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އެމްޕީއެލްއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭގެ 11ގެ ފަހުން ކަމަށެވެ. އެ ވަގުތަކީ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކުރަމުންދިޔަ ވަގުތެކެވެ.

އިޝްތިހާރު އިޝްތިހާރު

ވެއްޓުނު ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު ކަމަށް ފާހަގަކޮށް އެ ކަމަށް އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

އެމްޕީއެލްއިން ބުނީ ކަނޑަށް ވެއްޓުނީ ހުސް ކޮންޓެއިނަރުތަކެކެވެ. ކޮންޓެއިންރުތައް ކަނޑަށް ވެއްޓުނު ސަބަބު ސާފެއް ނުވެއެވެ.