ބޭންކު އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން އެންމެ މަޝްރޫޢެއް ފިޔަވާ ހުރިހާ މަޝްރޫޢެއްގެ ކުރެހުންތައް އެޕްރޫވްކޮށް، ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް”ގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ،ޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މިއީ ހުޅުމާލެ ފޭސް 1 އާއި ފޭސް 3 އަދި ވިލިމާލޭގައި ހިންގާ މަޝްރޫޢުތަކެކެވެ.
މަސައްކަތް ނިމޭއިރު 4000އެއްހާ ޔުނިޓް ތަރައްގީކުރާނެ. ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން އެބައުޅޭ. ސައިޓް މޮބިލައިޒްކުރުމާ ހަމައަށް ވަނީ އާދެވިފައި.
ތަރުޖަމާނު ވިދާޅުވިއެވެ.
ބީއެމްއެލްއިން 3260 ހައުސިން ޔުނިޓްގެ މަޝްރޫޢު އިފްތިތާޙުކުރީ މާރިޗު މަހުގެތެރޭގައެވެ.












ކިޔުންތެރިންގެ ހިޔާލު