ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހުކޮށްފި

TTH_Ads
STO_Ads
Advertisement

“މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލެވުނު މި ބްލޫޕްރިންޓަކީ، ދިވެހި ސަރުކާރުގެ “މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން” ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ.

HajjCop_ads
MMA_Ads
Advertisement

މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ހިމަނާފައިވެއެވެ. އަދި ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި، ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުވެސް މި ބްލޫޕްރިންޓްގައި ހިމެނިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވީ، ސިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް ބަދަލުއެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030″ އިފްތިތާޙްކުރުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްސްތައް ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުމަށް އިސްކާންދޭނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި