ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

STO_Ads
TTH_Ads
Advertisement

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ފޭޝަލް ރިކޮގްނިޝަން ސިސްޓަމް” ރަސްމީކޮށް މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ދައުލަތާ މި ސިސްޓަމް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯއެވެ.

MMA_Ads
HajjCop_ads
Advertisement

އަދި ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ފޭޝަލް ރިކޮގްނިޝަން ސިސްޓަމް” ރަސްމީކޮށް ހަދިޔާކުރުން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މި ސިސްޓަމަކީ ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމަށާއި، އައިޑެންޓިޓީ ކަށަވަރުކުރުން ހަރުދަނާކުރުމުގެ އިތުރުން ފަސިންޖަރުން ފާސްކުރުމުގެ ހިދުމަތް އަވަސްކުރުމަށް ޖަޕާން ސަރުކާރުން ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޝުކުރުއަދާކޮށްފައެވެ.

މި އައު ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެއަރޕޯޓުގެ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޖަޕާނު ރަސްގެފާނަށް މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަޔަރފައިޓިންއާ ގުޅުންހުރި އިކުއިޕްމެންޓްތަކެއް ޖަޕާން ސަރުކާރުން ހަދިޔާކޮށްފި