ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ދެވަނަ ބުރު ހުޅުވާލައިފި

TTH_Ads
STO_Ads
Advertisement

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި “އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް” ގެ ދެވަނަ ބުރު ހުޅުވާލުމަށް މިއަދު އިއުލާންކޮށްފިއެވެ.

“ދަނޑުވެރި މަންފާ” ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާއި އެކު ކުރިއަށްގެންދާ މި ސްކީމް އަމާޒުކުރެވެނީ ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

ގްރާންޓްގެ ފުރަތަމަ ބުރު ނިމިގެންދިޔައީ 15 ދަނޑުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެވި، ވަރަށް ބޮޑު ކުރިއެރުމަކާ އެކުގައެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް މި ހުޅުވާލެވެނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

MMA_Ads
HajjCop_ads
Advertisement

މި ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެއެވެ.

މީގެ އިތުރުން، މަޝްރޫއު ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އިތުރު ފައިސާ، އަމިއްލަ ހަރަދުގައި ނުވަތަ ދަނޑުވެރި ނަފާ ފައިނޭންސިންގ މެދުވެރިކޮށް ފުރިހަމަކުރާގޮތަށް މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމަކީ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ލިބިގެންދާ އަގުހުރި ފުރުސަތެއް. ހިލޭ އެހީގެ ފައިސާއާއި، އަމިއްލަ ފައިސާ ނުވަތަ ފައިނޭންސިންގ ފެސިލިޓީއާއި މެޗްކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން، ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އަދި ކޮންމެފަދަ ހާލަތަކަށްވެސް އެކަށޭނެ ހަރުދަނާ ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ”. އެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކަރާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

މި ޕްރޮގްރާމަށް އެދި ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޕޯޓަލްއިން 22 ޖުލައި 2026 އިން ފެށިގެންނެވެ.

ދަނޑުވެރި ނަފާ ފައިނޭންސިންގ:

މިހާރު ދަނޑުވެރިންނަށް ހާއްސްކޮށް ދޫކުރަމުންދާ ދަނޑުވެރި ނަފާ ލޯނު އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭގޮތަށް ބަދަލުކުރުމަށްފަހު، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 22 ޖުލައި 2026 ގައި ހުޅުވާލެވޭނެއެވެ. މި ފައިނޭންސިންގެ ދަށުން ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމަށް އެދި ހުށަހެޅޭނެއެވެ.

“ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓްގެ ދަށުން މަޝްރޫއު ނިންމުމަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން ‘ދަނޑުވެރި ނަފާ’ ފައިނޭންސިންގ މެދުވެރިކޮށް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

local market

ދަނޑުވެރިންނަށް ހާއްސަކޮށް ދޫކުރާ “ދަނޑުވެރި ނަފާ” ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި

SME digital

އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ އަނބުރާ ދެއްކުމުގެ ނިޒާމު ފަސޭހަކޮށްފި

VVV

އެސްއެމްއީ ޑިޖިޓަލް އިން “ވޯކިންގ ކެޕިޓަލް ފައިނޭންސިންގ” ތައާރަފުކޮށްފި

Sme Digital

އެސް.އެމް.އީ ޑިޖިޓަލްގެ ބޯޑަށް މިނިވަން ޑިރެކްޓަރުން ހޯދަނީ