ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނޑުވެރިންނަށް ހާއްސަކޮށް ދޫކުރާ “ދަނޑުވެރި ނަފާ” ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި

local market
TTH_Ads
STO_Ads
Advertisement

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، “ދަނޑުވެރި ނަފާ”  އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތައާރަފްކޮށްފިއެވެ. މި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށް އަދި އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މިފައިނޭންސިންގ އަކީ އިގްތިސާދު ފުޅާކުރުމަށްޓަކައި އެ މަސައްކަތްތަކަށް އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މިފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %6 ގެ ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.

މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން، އަދި އެގްރޮފޮރަސްޓްރީފަދަ މަސައްކަތްތައް ހިމެނެއެވެ. މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށްވެސް މި ފައިނޭންސިންގެ ދަށުން ފައިނޭންސް ދޫކުރެވިގެންދާނެއެވެ.

HajjCop_ads
Advertisement

މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، “ދަނޑުވެރި ނަފާ” އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިންގ ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވެޅެއް. މި ފައިނޭންސިންގ މެދުވެރިކޮށް ދަނޑުވެރިންނަށް ކުރިއެކޭ އެއްފަދައިން ލުއި ގޮތްތަކެއްގެ މަތިން އަތްފޯރާފަށުގައި ފައިނޭންސިންގ ލިބޭނެ. މި ފަދަ ފައިނޭންސިންގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުން” އެވެ.

މި ފައިނޭންސިންގ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ އުސޫލުތަކެއްގެ މަތިން މާލީ އެހީތެރިކަން ލިބޭނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ހިތްވަރާއި، އެކަމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މިފަދަ ފަސޭހަ މާލީ އެހީތެރިކަމުގެ ނިޒާމުތައް ތައާރަފުކުރުމަކީ، ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް، މި ދާއިރާގެ ދައުރު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 22 ވަނަ ދުވަހު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv  ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 07 16 at 12.55.08

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުދި ވިޔަފާރިތަކުގެ ދަތުރުގެ އެންމެ މުހިންމު ބައިވެރިޔަކީ މިހާރު އެސްއެމްއީ ޑިޖިޓަލް

އެމްއެސްއެމްއީ ދުވަސް ފާހަގަ ކުރުމަށް އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ