ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

WhatsApp Image 2026 06 21 at 12.59.39
TTH_Ads
STO_Ads
Advertisement

ޒުވާނުންނަށް ހުނަރު ދަސްކޮށްދީ ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން، އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށެވެ. އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ 30 ޖޫން 2026 އެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

MMA_Ads
HajjCop_ads
Advertisement

ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، މަސައްކަތުގެ މައިދާނުގައި ފައިހަމަކުރެވޭނެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ގަބޫލުކުރެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ކުރިއަށް ގެންގޮސްފި

hulhumale

ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން، ހުޅުމާލޭގައި ރުއް އިންދުމުގެ ހަރަކާތެއް ބާއްވަނީ

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ

Io

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުންވެ، ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި