މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ތައުލީމީ ފެއަރ ކަމަށްވާ “ކިއު-ސްޓަޑީ ފެއަރ 2026″، ދުނިޔޭގެ ނަންމަޝްހޫރު އެތައް ޔުނިވަރސިޓީއަކާއެކު އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ޖޫން މަހުގެ އަށާރަ އަދި ނަވާރަ ވަނަ ދުވަހު ބާރްސެލޯ ހޮޓެލްގައި ފެއަރ ކުރިއަށްދާއިރު، ޖޫން ވިހި ވަނަ ދުވަހު މި ހަރަކާތް ކުރިއަށްދާނީ ބްރައިޓްވޭ އިންޓަރނޭޝަނަލްގައެވެ. އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، ދުނިޔޭގެ ގަދަ ސަތޭކަ އާއި ތިންސަތޭކައާ ދެމެދު ރޭންކް ކުރެވިފައިވާ ގިނަ ޔުނިވަރސިޓީތަކުން މި ފެއަރގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޖަޕާނާއި އިނގިރޭސިވިލާތާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އިންޑިއާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ މަތީ ތައުލީމުދޭ މަރުކަޒުތައް ހިމެނެއެވެ. ސަރުކާރުގެ ޔުނިވަރސިޓީތަކާއި އަމިއްލަ ޔުނިވަރސިޓީތަކުގެ އިތުރުން ބައިނަލްއަގުވާމީ ކެމްޕަސްތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ފެއަރއަށް ޒިޔާރަތްކުރާ ދަރިވަރުންނަށް އެޑްމިޝަން ހޯދުމާއި އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން ޝަރުތު ހަމަވާ ދަރިވަރުންނަށް ހިލޭ ފްލައިޓް ޓިކެޓް ލިބުމާއި ވިސާ ފީ މާފުވުމާއި ކޭޝްބެކް އޮފާތަކުގެ އިތުރުން ފެއަރގެ ތެރެއިން ސީދާ ޔުނިވަރސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. އަދި ދުނިޔޭގެ މަޝްހޫރު އަނަންތަރާ ގްރޫޕްގެ ދަށުން ހިންގާ ހޮސްޕިޓާލިޓީ އަދި ބިޒްނަސް މެނޭޖްމަންޓް ސްކޫލުން ބައިވެރިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ކިޔެވުމާއި ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް މި ފެއަރގެ ޒަރީއާއިން ހުޅުވިގެންދާނެއެވެ. މިއީ ހަމައެކަނި ނަމަކަށް ބާއްވާ ފެއަރއެއް ނޫން ކަމަށާއި މައިގަނޑު މަގްސަދަކީ ހަގީގީ ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.
އެހެން އެޖެންސީތަކާ ހިލާފަށް ކިއު-ސްޓަޑީގެ އެންމެ ބޮޑު ހާއްސަކަމަކީ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ މުޅި މުއްދަތުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން އެޑްމިޝަން ހޯދައިދިނުމުގެ އިތުރުން ވިސާގެ ކަންކަމުގައި އެހީތެރިވުމާއި، ހުންނާނެ ތަން ހަމަޖެއްސުމާއި، އެއާޕޯޓުން މަރުހަބާ ކިޔުމާއި ފުރުވައިދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު މެޑިކަލް ޗެކަޕް ހެދުމަށް މަގުދެއްކުމާއި، ބޭންކް އެކައުންޓް ހުޅުވައިދިނުމުގެ އިތުރުން ދަރިވަރުންގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ވިސާގެ ކަންކަމުގައިވެސް އެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ލޯކަލް ސަޕޯޓާއި ގާޑިއަންޝިޕް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު