ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި

Big 8m9SAh38lflJCJNUdNTv2SX27
TTH_Ads
STO_Ads
Advertisement

ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފިއެވެ.

ސްކޫލް އޮފް މެޑިސިންއިން އެމްބީބީއެސް ފުރިހަމަކުރުމުން ދޭ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން މިވަނީ ބަލައިގަންނަން ފަށާފައިވާއިރު، މިއީ ދިވެހިރާއްޖޭގައި ހިންގާ އެމްބީބީއެސް ޕްރޮގްރާމް ބަލައިގަތް ފުރަތަމަ ޤައުމެވެ. މިއާއެކު ޤައުމީ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާފައިވާ ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތްކުރުމުގެ ކުރިން ހަދަން ޖެހޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ މެޑިކަލް ލައިސެންސް އިމްތިޚާނު (ޕްލެބް) ހެދުމަށް ދިވެހިރާއްޖެއިން ކިޔަވާ ދަރިވަރަކު އެދުމުން، އެކައުންސިލުން ޢަމަލުކުރަމުން އައީ ކޮންމެ ދަރިވަރެއްގެ ހުށަހެޅުން ވަކިވަކިން ވަޒަން ކުރާ އުސޫލަށެވެ.

އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއަކީ މާ ގިނަ ދުވަސްވީ މެޑިކަލް ސްކޫލަކަށް ނުވުމުގެ ސަބަބުން އެޔނަުގެ ޑިގްރީ ބަލައިގަތުމަށް އިނގިރޭސިވިލާތުގައި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ސްކޫލުން ދަސްވެނިވާ ބައެއް ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޓެސްޓު ހަދަން ބޭނުންވާތީ ޑިގްރީ ބަލައިގަތުމަށް އެދުނީ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖަކަށް ރާއްޖެއާއި ގުޅޭ ބައެއް ބަދަލުތައް ގެނެސް އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން ކިޔަވައި ދެމުން އަންނައިރު، ޑރ. ޝީޒާ ވިދާޅުވީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލަށް ދިވެހިރާއްޖޭގެ މެޑިސިން ކޯހާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެކަމަށް އެދި ފޯމް ހުށަހެޅުމުން އެކައުންސިލުން ކޯސް ވަޒަން ކުރުމަށް ފަހު އެފަރާތްތަކުން މިނގަނޑަށް ފެތޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޔޫކޭއިން ރާއްޖޭގެ އެމްބީބީއެސް ސެޓްފިކެޓް ބަލައިގަންނަނަން ނިންމު ނިމުންމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. ޝީޒާ ވިދާޅުވީ މިއީ ރާއްޖެއިން ކިޔަވާ ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި ތަޖުރިބާ ހޯދުމަށް ލިބިގެންދިޔަ މުހިންމު އަދި ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްކަމަށެވެ. ކުރިއަށްއޮތްތަނުގައި އެހެން ޤައުމުތަކުންވެސް ރާއްޖޭ މެޑިސިން ޑިގްރީ ބަލައިގަންނަކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HKdNL01XEAARJ3Y

ޤައުމީ ޔުނިވަރސިޓީގެ މަލްޓިޕާޕަސް އިމާރާތުގެ ބިިންގާ އަޅައިފި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

students university

ޤައުމީ ޔުނިވާރސިޓީން މިއަހަރު 125 ކޯހަކުން 4000 އެއްހާ ޖާގައަށް ހުޅުވާލާފައިވޭ

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ