ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުވެރިން އެނބުރި އަންނާތީ ހުމާއި ރޯގާއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Hajj & Umra
STO_Ads
TTH_Ads
Advertisement

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެއަށް އަންނަން ފަށާފައިވާއިރު، ރާއްޖޭގައި މިދުވަސްވަރު ހުމާއި ރޯގާ އިތުރުވަމުންދާތީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ސައުދީގައި ހަރަކާތްތެރިވި ޙައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމާ ގުޅިގެން ޙައްޖުވެރިންގެ ހާލަތު މޮނިޓަރު ކުރަމުންދާ ކަމަށެވެ. އަދި ޙައްޖުން އަންނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަވުމުން، ރޯގާ ޖެހިއްޖެނަމަ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިހާރުވެސް ހުމާއި ރޯގާގެ އިތުރުން ޑެންގީ އާއި ހިމަބިހި (މީސަލްސް) ފެތުރެމުންދާއިރު، ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.

ހޮސްޕިޓަލްތަކުގައި ހަމަޖައްސާފައިވާ ޚާއްޞަ އިންތިޒާމްތައް
ޙައްޖުން އެނބުރި އަންނަ ފަރާތްތަކަށް އަވަހަށް ފަރުވާ ދިނުމަށްޓަކައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ވަނީ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

HajjCop_ads
MMA_Ads
Advertisement

ހުޅުމާލެ ހޮސްޕިޓަލް: ޙައްޖުވެރިންނަށް ޚާއްޞަ ފުލޫ ކްލިނިކެއް ވަނީ ޤާއިމުކޮށްފައެވެ.

އައިޖީއެމްއެޗް: ބަލީގެ އަލާމާތެއް ހުރެގެން އެމަރޖެންސީ ރޫމް (އީއާރް) އަށް ދާ ޙައްޖުވެރިން ޓްރައޭޖް ޓޯކަން ނަގަން މަޑުކުރާކަށް ނުޖެހޭނެއެވެ. ޓްރައޭޖް ކައުންޓަރުގައި ޙައްޖުން އައި ފަރާތެއްކަން ބުނުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ޙައްޖުވެރިންނާއި އެ ބޭފުޅުންގެ އާއިލާތަކުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއެކު، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލަންޖެހެއެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ދަތުރުމަތީގައްޔާއި އެއަރޕޯޓުގައި އުޅޭއިރު މާސްކު އެޅުން މުހިންމެވެ.

ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ނުދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. މީގެއިތުރުން، ޙައްޖުވެރިން ބަލައި އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށާއި، ބައްޔެއްގެ އަލާމާތެއް ފެނުމުން ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ބާރުއަޅައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު 262 ހައްޖާޖީންނާއި އެކު ރާއްޖެ އައުމަށް ފުރައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Main 20260529

ޙައްޖުވެރިން މިނާގެ އަޅުކަން ނިންމައި މައްކާއަށް އެނބުރި ދާން ފަށައިފި