ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިބޯލާއާ ގުޅިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމް ފުރަން މަޖުބޫރުކޮށްފި

Ebola
STO_Ads
TTH_Ads
Advertisement

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި އިބޯލާ ފެތުރެމުންދާތީ، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން “ސެލްފް ޑެކްލަރޭޝަން ފޯމް” އެއް ފުރުން އެ ގައުމުން މަޖުބޫރުކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މިގޮތުން، ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމަށްޓަކައި އެއާޕޯޓުތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުން ސްކްރީން ކުރުމާއި، ފްލައިޓް ތެރޭގައި ބައްޔާ ގުޅޭ މައުލޫމާތު ދިނުން ވަނީ އެކުލަވާލި އާ އެސްއޯޕީގެ ދަށުން އެއާލައިންތަކަށް ލާޒިމުކޮށްފަ އެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެސް ވަނީ ދަތުރުވެރިންގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ. އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން މޯލްޑިވިއަންގެ ވެބްސައިޓުން ލިބެން ހުންނަ ސެލްފް ޑެކްލަރޭޝަން ފޯމު ފުރުމަށްފަހު، އިންޑިއާއަށް ގޮސް އެ ގައުމުގެ އިމިގްރޭޝަން އަދި ހެލްތު ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

HajjCop_ads
MMA_Ads
Advertisement

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ވައިރަހުގެ މި ސްޓްރެއިންއަށް އަދި ވަކި ހާއްސަ ވެކްސިނެއް ހޯދިފައި ނުވާއިރު، މިހާތަނަށް މި ބަލީގައި 263 މީހަކު ވަނީ މަރުވެފަ އެވެ. ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިން ގައިން ގަޔަށް އަރާ މި ނުރައްކާތެރި ވައިރަހުގެ އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން މިހާރު ވެސް ވަނީ ބައްޔަށް ޝައްކުކުރެވޭ ބައެއް މީހުން ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވި ނަމަވެސް އެމީހުން ކަރަންޓީނުކޮށްފަ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު