ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު ހަތަރު އުޅަނދަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި

STO_Ads
TTH_Ads
Advertisement

ހުއްދަނެތި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު ހަތަރު އުޅަނދަކަށް އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނު އަސްކަރިއްޔާގެ ޚަބަރުތަކަށް ޚާއްސަ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، މިސައިލް ހަމަލާތައް ފޮނުވާލީ އީރާނުގެ އަސްކަރިއްޔާއާ ކޯޑިނޭޓް ނުކޮށް ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދުތަކަކަށް ކަމަށެވެ. ދެވުނީ އިންޒާރުގެ ހަމަލާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނު ކަނޑުގެ ސިފައިން އިންޒާރުގެ ހަމަލާތައް ދިނީ އެމެރިކާގެ އުޅަނދުތަކަށް ކަމެއް ނުވަތަ އެހެން އުޅަނދުތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

HajjCop_ads
Advertisement

ކަށަވަރު ނުވާ ބައެއް ރިޕޯޓްތައް ބުނަނީ، އީރާނުން ހަމަލާތައް އަމާޒުކުރި ތިން އުޅަނދަކީ އެމެރިކާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ކަމަށާއި، ދެން ހިމެނެނީ ވިޔަފާރި އުޅަނދެއް ކަމަށެވެ.

މިއީ ތެދަކަށް ވެއްޖެނަމަ އެމެރިކާ ސިފައިންގެ ރައްދު ހަމަލާތައް ވަރަށް ވަރުގަދައަށް އަންނާނޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނުގެ ދެކުނުގެ ބަންދަރު އައްބާސް ސަރަހައްދުން އިވުނު ބާރު އަޑުފަށްގަނޑުތަކަކީ ހޮރްމޫޒާ ދިމާއަށް މިސައިލްތައް އުދުއްސާލި އަޑުތައް ކަމަށް އީރާނު މީޑިއާއިން ބުނެއެވެ.

އީރާނުން ހަމަލާ ދޭން ފެށުމުން އެ އުޅަނދުތައް އަނބުރާ އައިކޮޅަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަނެއްކޮޅުން، އީރާނު ސިފައިން މިރޭވަނީ ބަނދަރުމަތީ އެހެން ރަށެއް ކަމަށްވާ ބުޝެހްރް ކައިރިން އުދުހުނު ގޮތްނޭނގޭ އުޅަނދެއްވެސް ހަމަލާދީ ވައްޓާލާފައެވެ. މި އުޅަނދު ވަށްޓާލާފައިވަނީ އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުންނެވެ.

ބައެއް ރިޕޯޓްތައް ބުނަނީ ބުޝެހްރް ކައިރިން އީރާނުން ވައްޓާލާފައިވަނީ އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން، ފީވެސް ނަގާނަން: ޓްރަމްޕް

ދެފަރާތުން ހަމަލާތައް ބަދަލުކުރި ނަމަވެސް އަލުން ވާހަކަތައް ފަށަން ކުރެވޭ މަސައްކަތް ނުހުއްޓޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނަށް ދިން ހަމަލާތަކަށް ވަރުގަދައަށް ބަދަލުހިފަން ފަށައިފި، އެމެރިކާގެ ބޭސްތަކަށް ބޮޑެތި ގެއްލުން

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް