ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ އެންމެ މުހިންމު ބަނދަރުކަމަށްވާ ބަންދަރު އައްބާސްއިން ބާރުގަދަ ތިން ގޮވުމެއްގެ އަޑުއިވިއްޖެ

–
Maldivian_Ads
STO_Ads
TTH_Ads
Advertisement

އީރާނުގެ އެންމެ މުހިންމު ބަނދަރު ކަމަށްވާ ބަންދަރު އައްބާސްއިން ވަރަށް ބާރުގަދަ ތިން ގޮވުމެއްގެ އަޑު އިވިއްޖެއެވެ.

މިކަން އީރާނު ސަރުކާރާ ގުޅުންހުރި މެހްރް އަދި ފާރސް ނޫސް އޭޖެންސީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، މި ގޮވުންތަކާބެހޭ އިތުރު އެއްވެސް ތަފްސީލެއް އީރާނު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

ފާރސްއިން ބުނެފައިވަނީ، އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ސިރިކް އަދި ޖަސްކް ސަރަހައްދުންވެސް ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑާއެކު އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ހަރަކާތްތަކުގެ އަޑުތައްވެސް އިވިގެންދިޔަ ކަމަށެވެ.

ބަންދަރު އައްބާސްއަކީ ހޮރްމޫޒު ކަނޑުއޮޅީގެ ކައިރީގައި އޮންނަ އީރާނުގެ އެންމެ މުހިންމު ބަނދަރެވެ. އަދި އެ ބަދަރަކީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ އެންމެ މުހިންމު ބޭސްވެސް މެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، އިވުނު ބާރުގަދަ އަޑުތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ވައްޓާލި ބޮންތަކުގެ ތެރެއިން ނުގޮވާހުރި ބޮންތައް އީރާނުން ނައްތާލަމުންގެންދާ އަޑު ކަމަށެވެ.

އީރާނުން ބާރުގަދަ ގޮވުންތަކެއްގެ އަޑުތައް އިވުނުކަމުގެ ރިޕޯޓްތަކެއް ފެތުރެމުންދާއިރު، އަރަބިއަން ގަލްފް ސަރަހައްދަށް ހޯމަދުވަހު ވަން ގޮތްނޭނގޭ ސްޓެލްތު ޑްރޯންއެއް އީރާނުންވަނީ ވައްޓާލާފައެވެ.

މި ޑްރޯން ވައްޓާލާފައިވަނީ، ދުޝްމަނުންގެ ހަމަލާތައް ހުއްޓުވަން އީރާނުން އައު އެއަރ ޑިފެންސް ސިސްޓަމްތަކެއް ގާއިމްކުރިތާ މާގިނައިރެއް ނުވަނީހެވެ.

މި އެއަރ ޑިފެންސް ސިސްޓަމްތަކަކީ ސްޓެލްތު ޑްރޯންތައް ދެނެގަންނަ ސިސްޓަމްތަކެކެވެ. އަދި އެނޫންވެސް ސިއްރު އެތައް ގާބިލްކަމެއް އެ ސިސްޓަމްތަކަށް ލިބިގެންވާ ކަމަށް އީރާނު އަސްކަރިއްޔާގެ މަސްދަރަކާ ހަވާލާދީ މެހްރް ނިއުސް އޭޖެންސީން ބުނެފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

ހޮރްމޫޒު ކަނޑުއޮޅިން އަނެއްކާވެސް ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

ހޮރްމޫޒުގައި ހުރި ޣައިރުގާނޫނީ ރޫޓުތައް ވަރަށް އަވަހަށް ބަންދުކުރާނަން: އީރާން

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަ ނުކުރަނިސް ހޮރްމޫޒު ނުހުޅުވޭނެ: ގާލިބާފް