ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިގްތިސާދީ ތަރައްގީ ހޯދަންވާނީ ތިމާވެށި ހިމާޔަތްކުރުމުގެ އުސޫލުތަކާ ފުށުނާރާގޮތަށް: ޢަލީ ޝަރީފް

Minister Ali Shareef
STO_Ads
TTH_Ads
Advertisement

ރާއްޖެއަށް އިގްތިސާދީ ތަރައްގީ ހޯދަންވާނީ ތިމާވެށި ހިމާޔަތްކުރުމުގެ އުސޫލުތަކާ ފުށުނާރާނެ ގޮތެއްގެ މަތިން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، އިޤްތިޞާދީ ތަރައްޤީއާއި ތިމާވެށި ހިމާޔަތްކުރުމުގެ ދެމެދުގައި އޮންނަންޖެހޭ ހަމަހަމަކަމާ ގުޅޭގޮތުން ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވަނީ ރާއްޖޭގެ ތިމާވެށީގެ ވަޒީރުގެ ހައިސިއްޔަތުން އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ބައްޓަންކުރައްވާނެ މަގުޗާޓާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ވަޒީރު އަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަކީ މުހިންމު ކަމެކެވެ. ނަމަވެސް، މި ތަރައްގީ ހޯދަންވާނީ ތިމާވެށި ހިމާޔަތްކުރުމުގެ އުސޫލުތަކާ ފުށުނާރާނެ ގޮތެއްގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ކެތްތެރި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

HajjCop_ads
MMA_Ads
Advertisement

އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ވިލިމާލޭ ‘ފުނަވާ’ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި މިހާރު ކުރިމަތިވަމުންދާ މުރަކަ ހުދުވުމުގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށީގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު