ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

STO_Ads
TTH_Ads
Advertisement

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން އެހީތެރިކަން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި، ސިއްހީ ވަޒީރު ޤީލާ އާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ އޮފިސާ އިން ޗާޖް ޑރ. ކަތަރީނާއާ ދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނެވެ.

މި ބައްދަލުވުމުގައި ނަފްސާނީ ދުޅަހެޔޮކަމާއި ޓީބީ އަށް ދެވޭ ފަރުވާ ކުރިއެރުވޭނޭ ގޮތްތަކާއި ދިވެހިރާއްޖެއަށް ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން އެހީތެރިކަން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

MMA_Ads
HajjCop_ads
Advertisement

މެއިމަހުގެ 18 އިން 23 އަށް ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ވަޒީރު މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ޖުމުލަ 194 ޤައުމަކުން ބައިވެރިވި މި ބައްދަލުވުމުގައި މި އަހަރަށް ކަނޑައަޅާފައިވާ މަޢުޟޫއު “ރީޝޭޕިންގް ގްލޯބަލް ހެލްތް: އަ ޝެއާޑް ރެސްޕޯންސިބިލިޓީ” އަށް ވަޒީރު ޤީލާ ތަޤުރީރުކުރެއްވި އެވެ. މި ބައްދަލުވުމުގެ އާންމު ބަހުސްގައި އެވޯޑު ލިބިފައިވާ ޤައުމުތަކުގެ ތެރެއިން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އަދި ސިފިލިސް ޖެހުން ނައްތާލެވިފައިވާކަމުގެ އެވޯޑު ދިވެހިރާއްޖެއަށް ލިބިފައިވެ އެވެ.

މީގެ އިތުރުން ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ބައެއް ޤައުމުތަކާއިއެކު ދިވެހިރާއްޖެއިން ބައްދަލުވުންތައް ބާއްވާފައި ވެއެވެ. އެގޮތުން، ބަންގްލަދޭޝް، ނޭޕާލް އަދި އިޓަލީއިން ބައިވެރިވެވަޑައިގެންނެވި ވަފުދާއިއެކު ދިވެހިރާއްޖެއިން ބައްދަލުވުންތައް ބޭއްވި އެވެ.

މީގެ އިތުރުން، ނަފްސާނީ ސިއްހަތާއި ބެހޭ ޤާނުނުތަކާއި ނިޒާމްތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޔުނައިޓަޑް ފޯ ގްލޯބަލް މެންޓަލް ހެލްތުގެ ޕޮލިސީ އެޑްވައިޒަރު އަލީ ހަސްނައިން އާއި ވުޒާރާގެ އިސް ބޭފުޅުން ބައްދަލުކުރެއްވި އެވެ.

MWSC_ads
Advertisement
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި