ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ އަސާސް: ރައީސް

muiz
STO_Ads
TTH_Ads
Advertisement

އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ އަސާސް ކަމަށާއި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

“ނޭޝަން ޗެޓު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ އަސާސް ކަމަށާއި މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއުގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މަސައްކަތްތައް އަޅުގަނޑުމެންގެ ފާއިތުވީ ދެއަހަރާ ބައިގެ ތެރޭގައި ފުރަތަމަ ކޮޅަށް އެހެރީ ވަރަށް ތަފާތު ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. ބިން ހިއްކުމަށް އެކަނި ބެލިކަމުގައި ވިޔަސް 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކިއްޖެ ދެއަހަރާ ބައިގެ ތެރޭގައި. ގާތްގަނޑަކަށް 21 ރަށުގެ މަސައްކަތް، މީގެ ތެރެއިން ރަސްމާލެއިން އެކަނި 500 އެއްހާ ހެކްޓަރު މިހާރުވެސް ހިއްކިއްޖެ. އެހެންވީމާ ބާކީ 500 އެއީ އެހެން ރަށްރަށް.” ރައީސް

MMA_Ads
HajjCop_ads
Advertisement

ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދާއި ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓާއި، މާލެ ސަރަހައްދުގައި 4،000 ފްލެޓްގެ އިތުރުން “އެފޯޑަބަލް ހޯމް އޯނަޝިޕް” މޮޑެލްގެ ދަށުން 2000 ޔުނިޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

އަދި އިންޑިއާގެ އެހީގައި 4،000 ފްލެޓު އަދި ޗައިނާގެ އެހީގައި 500 ފްލެޓް އެޅުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ބޯހިޔާވަހިކަމުގެ ލޯނު ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމައި ހައްގުވެރިންނަށް ހަވާލުކުރުމަށް އިސްކަންދެއްވާ ކަމަށާއި، ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހުކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.

“އިންޑިއާގެ އެލްއޯސީގެ ތެރެއިން 4،000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވޭ. އެކަން އަަވަސް ކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ދަނީ ކުރަމުން. ޗައިނާ ސަރުކާރުން 500 ހައުސިން ޔުނިޓް އެޅުމަށް ހަމަޖައްސާފައިވޭ. އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުން.” ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށްދާ މުހިންމު މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން:

ފޭސް 3، ގިރާވަޅުފަޅު އަދި ގުޅީފަޅުން ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން.
ރަސްމާލެ އަދި އުތުރުތިލަފަޅު މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާކަން.
ފަހިދިރުއުޅުން ކުންފުނިން އަޅާ ފްލެޓްތަކުގެ މަސައްކަތް ނިންމައި، މީހުން ވަދެވޭވަރު ވަނީ ކޮށްފައި.
އަތޮޅުތެރޭ އެކި ރަށްރަށުގައި 900 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަވާލުކުރެވިފައި.
މާލެ ސަރަހައްދުގައި އިތުރު 2,000 ފްލެޓްގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި.

ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިތުރު ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެއިތުރުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޭރުގެ ދަރަނިތައް އަދާކޮށް ނިންމުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުން، ފާއިތުވި 40 ދުވަހުގެ ތެރޭގައި އެކަނިވެސް ބިލިއަނެއްހާ ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މިއީ ބަޖެޓުގެ ތަށިކަމާއި ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ތެރެއިންވެސް ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

MWSC_ads
Advertisement
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު