ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްޙާގު ހުސައިން މިއަދު އިސްތިއުފާ ދެއްވަފައިފިއެވެ.
އިސްހާގު މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފައެވެ. އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެއެވެ.
އިސްހާގު އެ މަގާމަށް އައްޔަނުކުރީ އޭޕްރީލް 15، 2024 ގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ ތަނެކެވެ.
އެތަނުގެ މަގްސަދު ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާ ބެހޭ ގާނޫނާއި އެހެން ވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް އަވަހަށް ބަލައި ނިންމުމެވެ.










ކިޔުންތެރިންގެ ހިޔާލު