ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ލިބުނު ވަރަށް ފުން ހިތާމައެއް: ރައީސް

Screenshot 2026 05 16 at 17.27.53
TTH_Ads
STO_Ads
Advertisement

ގެއްލުނު ފަތުރުވެރިން ހޯދަމުންދަނިކޮށް ސިފައިންގެ ބޭކަލަކު ނިޔާވުމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ހިތާމައެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގައިފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

އެކާމ ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް ހިތްދަތިވެ، ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ވަނީ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށާއި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި، މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ނައިިބު ރައީސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އަންގައިފި

health ministry

މިދިޔަ ހަފްތާގައި އެކަނިވެސް ހިމަބިހީގެ 55 ކޭސް، އިތުރަށް ސަމާލްވާންޖެހޭ!

2026 07 07T230250Z 1 LYNXMPEM661H1 RTROPTP 3 SOCCER WORLDCUP SWI COL

ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް ކުއާޓަރގެ އެންމެ ފަހު ޖާގަ ސްވިޓްޒަލޭންޑަށް