ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތް، ނުރައްކާއޮތީ އެމެރިކާގެ ފަރާތުން: އީރާނު ޚާރިޖީ ވަޒީރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ
STO_Ads
TTH_Ads
Advertisement

ވިޔަފާރި މުދާ އުފުލާ އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

ބްރިކްސް ޚާރިޖީ ވަޒީރުންގެ ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް މިވަގުތު އިންޑިއާގައި ހުންނެވި އީރާނުގެ ޚާރިޖީ ވަޒީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނުން ހޮރްމޫޒު ބަންދުކޮށްގެން އުޅޭ ކަމަށް ދުޝްމަނުން ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

އައްބާސް އަރަޣްޗީ ވިދާޅުވީ، ދުނިޔޭގެ ވިޔަފާރިއަށް ހޮރްމޫޒު މިހާރުވެސް އޮތީ މުޅިން ހުޅުވާލެވިފައި ކަމަށެވެ.

HajjCop_ads
Advertisement

އެކަން ކުރުމަށްޓަކައި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރު ޖެހެނީ އީރާނުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރަން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ހޮރްމޫޒަށް ކުރިމަތިވެފައިވާ ހަމައެކަނި ނުރައްކަލަކީ، އެމެރިކާއިން ހޮރްމޫޒު ޣައިރުގާނޫނީގޮތުން ހިސާރުކޮށްގެން އުޅޭ އުޅުން ކަމަށެވެ. އޮތް ނުރައްކަލަކީ އެމެރިކާ ކަމަށެވެ.

ހޮރްމޫޒު ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް އީރާނު ސަރުކާރުން މިހާރުވަނީ ރަސްމީ އިދާރާއެއްވެސް އުފައްދާފައެވެ. އެއީ “ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ” އެވެ.

ހޮރްމޫޒު ހުރަސްކުރަން ބޭނުންވާ ވިޔަފާރި އުޅަނދުތައް ޖެހެނީ، ދަތުރުގެ ތަފްސީލް މައުލޫމާތު އެ އިދާރާއަށް ކުރިން ހުށަހަޅާށެވެ. އެގޮތުން، އުޅަނދުގައި ހުރި މުދަލުގެ މައުލޫމާތާއި، ވެރިފަރާތުގެ މައުލޫމާތާއި، އުޅަނދު ދަތުރުކުރާ މަންޒިލާއި، ދަތުރުކުރާ މަގާއި، ޓްރާންސިޓް ވަގުތުގެ މައުލޫމާތު “ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ” އަށް ހުށަހަޅަން ޖެހެއެވެ. އަދި ދަތުރު ކުރެވެނީ އެ އޮތޯރިޓީން ހުއްދަ ދިނުމުން އަދި ހުއްދަދޭ ރޫޓަކުންނެވެ.

އީރާނުގެ ދުޝްމަނުންގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުގެ ވިޔަފާރި އުޅަނދުފަހަރަށް ހޮރްމޫޒު ހުރަސް ނުކުރެވޭނޭ ކަމަށް، އީރާނުގެ އޮފިޝަލުން މިހާރުވެސް ގެންދަނީ ވިދާޅުވަމުންނެވެ. އަމުދުން އެމެރިކާ އަދި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކަށް ހޮރްމޫޒު ހުރަސް ނުކުރެވޭނޭ ކަމަށް އީރާނުން އަންގާފައި ވެއެވެ.

ހޮރްމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރީގައި މުހިންމު މަގަކަށް ވާއިރު، އީރާނުން ހޮރްމޫޒު ބަންދުކުރީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. ސަބަބަކީ ހޮރްމޫޒް ކަނޑުއޮޅިން ބައެއް އީރާނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭތީއެވެ.

ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލަން އެއްބަސްވުމެއް ހެދުމުން އީރާނުން ހޮރްމޫޒު މުޅިން ހުޅުވާލިއެވެ. އެކަމަކު، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެން އުޅޭ އުޅުން ހުއްޓާނުލާނޭ ކަމަށް ޓްރަމްޕް ބުނުމުން، 12 ގަޑިއިރުވެސް ނުވަނީސް އީރާނުންވަނީ ހޮރްމޫޒު އަލުން ބަންދުކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް