ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅައިގެން އުޅޭ އީރާނާ ދެކޮޅު ޖޮއިންޓް ގަރާރަށް ތާއީދުކުރާ އަވަށްޓެރި ގައުމުތަކަށް އަދަބު ދޭނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފިއެވެ.

އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޝަންގެ ވެރިޔާ އިބްރާހިމް އަޒީޒީ ވަނީ، އެމެރިކާއިން ހުށަހަޅައިގެން އުޅޭ އީރާނާ ދެކޮޅު ޖޮއިންޓް ގަރާރަށް ތާއީދު ނުކުރުމަށް ސަރަރަހައްދުގެ ގައުމުތަކަށް އިންޒާރު ކުރައްވާފައެވެ.

އޭނާ މިއިޝާރާތް ކުރައްވަނީ، އެމެރިކާއާއި ބަހްރެއިނުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށެވެ.

MMA_Ads
HajjCop_ads
Advertisement

އީރާނު ނޭޝަނަލް ސެކިއުރިޓީ ކޮމިޝަންގެ ވެރިޔާ އިބްރާހިމް އަޒީޒީ ބަހްރެއިނަށާއި އަދި ސަރަހައްދުގެ ގައުމުތަކަށް ގޮވާލެއްވީ، އެމެރިކާގެ ގަރާރަށް ތާއީދު ދީގެން، އެ ގައުމުތަކުން އަމިއްލައަށް އަބަދަށްޓަކައި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ނުރައްކަލާ ކުރިމަތި ނުލުމަށެވެ.

އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ގަލްފްގެ ގައުމުތަކުން ސަލާމަތީ މަޖިލީހަށް ކުރިން ހުށަހެޅި ދެ ގަރާރު ޗައިނާއާއި ރަޝިޔާއިން ވީޓޯކުރުމުން މިފަހަރު ގަރާރު ހުށަހަޅައިގެން އުޅެނީ އެމެރިކާއާއި ބަހްރެއިނުންނެވެ.

އެ ގަރާރުގައި ކަނޑައަޅާފައިވަނީ، ހޮރްމޫޒު ކަނޑޮއޮޅިއާއި އަދި ޕާޝިއަން ގަލްފްގައި އެމެރިކާއިން ހިންގަމުންގެންދާ ޖަރީމާތަކަކީ ޝަރުއީގޮތުން ހައްގު ޖަރީމާތަކަކަށް ހެދުމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ނޫން ކަމަށް ކަނޑައަޅާ ގޮތަށް، ގަރާރު އިބާރާތް ކޮށްފައިވެސް ވެއެވެ.

މި ގަރާރު، ގަލްފްގެ އަރަބި ގައުމުތައް ހިމެނޭ ޖީސީސީން ކޯ ސްޕޮންސަރ ކޮށްފައިވާއިރު، އޭގެތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވައިތު އަދި ގަތަރު ހިމެނެއެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރް ސައީދު އިރަވާނީ ވިދާޅުވެފައިވަނީ، އެމެރިކާއާއި ބަހްރެއިންގެ ހުށަހެޅުމުގެ ފަހަތުގައިވަނީ ނުބައި މަގްސަދުތަކެއް ކަމަށާއި، މިއީ އެއްގޮތަކަށްވެސް ހޮރްމޫޒާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ގަރާރުގެ ބޭނުމަކީ އެމެރިކާއިން ސަރަހައްދުގައި ހިންގާ ޖަރީމާތައް އެއީ ސައްހަ ޖަރީމާތަކެއްގެގޮތުގައި އދގެ ތެރެއިން ކަނޑައެޅުން ކަމަށާއި، އެމެރިކާގެ ބްލޮކޭޑަކީ އދއިން ހުއްދަދީގެން ކުރާ ކަމެއްގެގޮތުގައި ކަނޑައެޅުން ކަމަށްވެސް އިރަވާނީ ވިދާޅުވެފައި ވެއެވެ.

ހޮރްމޫޒު ކަނޑުއޮޅި އަދިވެސް އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އެ ކަނޑުއޮޅި ބާރުގެ ބޭނުންކޮށްގެން ހުޅުވަން އެމެރިކާއިން ކުރި ހުރިހާ މަސައްކަތެއް އީރާނުންވަނީ ނާކާމިޔާބު ކޮށްލާފައެވެ.

ހޮރްމޫޒު ކަނޑުއޮޅީގެ މައްޗަށް  ބައިނަލްއަގްވާމީ ބާރެއް ހިންގުމަށް ނުވަތަ އަސްކަރީގޮތުން ހިންގާ ހަރަކާތެއްގައި ސަރަހައްދުގެ ގައުމަކުން ބައިވެރިވެއްޖެނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށްވެސް އީރާނުން ގެންދަނީ ބުނެ އިންޒާރު ދެމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު އީރާނުގެ އިސް ވަފުދު ސްވިޒަރލޭންޑުން ފުރައިފި، ޓެކްނިކަލް ވާހަކަތައް ކުރިއަށް

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި