ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޫއްޑޫ މަސް ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Big 22nvLaaSSDKSVpMhkrYJUbhec
STO_Ads
TTH_Ads
Advertisement

ގއ. ކޫއްޑޫ މަސްބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެރަށުގައި މިހާރު ބޭނުންކުރާ 300 ފޫޓުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢޫގެ ދަށުން 1000 ފޫޓަށް ބަނދަރު ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިބަނދަރުން އެއްފަހަރާ ޚިދުމަތް ދެވެނީ، ގާތްގަނޑަކަށް ތިން އުޅަނދަށެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަކީ، ސަރުކާރުން މަސްވެރިންނަށްވެފައިވާ މުހިންމު ވަޢުދެކެވެ.

ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މިޝްރޫޢު ނިމޭއިރު 300 ފޫޓުގެ މިބަނދަރު 1000 ފޫޓަށް ބޮޑުވާނެއެވެ. މި މަޝްރޫޢަކީ، ސައުދީ ފަންޑުން 78.37 ބިލިޔަން ރުފިޔާ އިންވެސްޓް ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

HajjCop_ads
MMA_Ads
Advertisement

އެމްޓީސީސީން ބުނީ، ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ 73 އިންސައްތަ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 71 އިންސައްތަ، އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 70 އިންސައްތަ އަދި އެހެނިހެން މަސައްކަތްތަކުގެ 18 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 24 at 17.45.13

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ބުދަ ދުވަހު ފަށަނީ

Screenshot 2026 06 24

އެމްޓީސީސީގެ ޗެއަރޕާރސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނުކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް

Igmh

 ވީއައިއޭގެ މަގު މަރާމާތުކުރުމަށް ބަސް ރޫޓަށް ބަދަލުގެނެސްފި