ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައި-އިލެކްޝަންގައި މާލޭގައި 2 ފޮށި، އައްޑޫގައި 5 ފޮށި

Election
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ ބައި އިލެކްޝަންގައި  އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެކަމަށާއި، މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ދެ ވޯޓުފޮށި ބަހައްޓާނެކަމަށެވެ. އެގޮތުން މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށާއި، އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައިކަމަށްވެސް އީސީން ބުންޏެވެ.

ފޮށިތަކަށް ވޯޓުލެވޭނެ ރައްޔިތުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކުރައްވާފައެވެ.

HajjCop_ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމުގެ ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 870x 6a67778e1fa79

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި