ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާއްޞަ ސްކީމުގެ ކެޓަގަރީ ތިނެއްގެ ފޯމް ހުށައަޅަން ހުޅުވާލަނީ

hulhumale
TTH_Ads
STO_Ads

ގޯތިގެދޮރު” ޕުރޮގުރާމުގެ “ބިންވެރިޔާ” ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން، ސިންގަލް އެޕްލިކަންޓުން ފުލެޓަށް އެދި ހުށަހެޅުމަށާއި ޖޮއިންޓް އެޕްލިކަންޓުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ބުނީ “ބިންވެރިޔާ” ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭ ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ.

އެ ފުރުސަތު 31 މޭ ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް އޮންނާނެ އެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހި ކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

Maldivian_Ads

މި އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުންނެވެ.

ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ފްލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅީފަޅުން ގޯތި ދޫކުރުން: 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވޭ