ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަދިރި ކޮންޓްރޯލްކުރަން އެޗްޕީއޭ އިން ޚާއްސަ މަސައްކަތްތަކެއް ފަށައިފި

Igmh
TTH_Ads
STO_Ads
Advertisement

ޑެންގީ ހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، މަދިރި ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތައް ގުޅިގެން މާލޭ ސަރަހައްދުގެ 300އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މިމަހުގެ 19ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހުގެ ނިޔަލަށް، ސިޓީ ކައުންސިލާއި، އެޗްޑީސީއާއި، ރެޑް ކްރެޒެންޓާއި، ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލާ ގުޅިގެން، މާލޭގެ 308 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، މާލޭން 153 ތަނެއް، ހުޅުމާލޭން 83 ތަނެއް، ވިލިމާލޭން 59 ތަނެއް، ތިލަފުށިން 12 ތަނެއް، އަދި ގުޅީފަޅުން އެއް ތަން ބަލައި ފާސްކޮށްފައިވާ ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

HajjCop_ads
Advertisement

މި އިންސްޕެކްޝަންގައި ބަލައިފައިވަނީ އިމާރާތްކުރަމުންދާ ސައިޓުތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން، ބޭނުންނުކުރާ ހުސް ޖާގަތަކެވެ.

މި އިންސްޕެކްޝަންގެ ތެރެއިން މަދިރި އުފެދި، އާލާވާނެ ކަމަށް ބެލެވޭ ގިނަ ތަންތަން ބަލައި އެ ތަންތަން ނައްތާލައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް، 17 އަހަރުގެ އަންހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭގެ އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފި

Igmh

ހިމަބިހީގެ އިތުރު 13 ކޭސް

Qw

އުމްރާ އިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި