ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރުގެ މިހާތަނަށް 2,183 ޑެންގީ ކޭސް ރިޕޯޓް ކުރި: އެޗްޕީއޭ

health ministry
STO_Ads
TTH_Ads
Advertisement

މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން 2,183 ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް ގުނައަށްވުރެ ބޮޑު އިތުރުވުމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރިޕޯޓްކޮށްފައިވަނީ އެންމެ 374 ކޭސްއެވެ.

މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު 679 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހު 428 ކޭސް، މާރިޗް މަހު 600 ކޭސް އަދި އޭޕްރީލް މަހު 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮންމެ މަހަކު 100 އަށްވުރެ މަދުން ކޭސްތައް ހުރި މިންވަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

ބަލި ފެތުރިފައިވާ ސަރަހައްދުތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އަތޮޅުތަކުން 1,813 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭސްއެވެ. އެޗްޕީއޭ އިން ބުނީ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

HajjCop_ads
Advertisement

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

who

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Igmh

މަދިރި ކޮންޓްރޯލްކުރަން އެޗްޕީއޭ އިން ޚާއްސަ މަސައްކަތްތަކެއް ފަށައިފި

health ministry

އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

Igmh

އަނެއްކާވެސް ޑެންގީ ބަލީގައި ކުއްޖަކު ނިޔާވެއްޖެ