ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑު ވަޒީރު އިރުތިޝާމަށް

Big q3h5mQzWXSRD6linN6rTpPsy4
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސިއްޙީ ވަޒީރު އިރުތިޝާމް އާދަމަށް ޑިޕްލޮމެޓް އޮފް ދަ އިޔަރ 2026ގެ އެވޯޑު ލިބިވަޑައިގެންފިއެވެ. ޑިޕްލޮމެޓިކް އޮފް ދަ އިޔަރ ފޯރ އޭޝިއާ އެންޑް އޯޝެނިއާ އެވޯޑަކީ، އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

ޑިޕްލޮމެޓިކް މެގަޒިންއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނީ އިރުތިޝާމް އާދަމަށް މިއެވޯޑު ލިބިވަޑައިގަތީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވައިގެން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ސަބަބުންކަމަށެވެ. އިތުރިޝާމަކީ ޚަރިޖީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޑިޕްލޮމޭޓެކެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް އިރުތިޝާމް ޢައްޔަން ކުރައްވާފައިވަނީ، 2024 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ކެބިނެޓަށް ބަދަލު ގެންނަވާ އިރުތިޝާމް އާދަމް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ.

އިގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައި ހުންނަވާ އެކަމަނާވަނީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއާއި މޫސުމީ ބަދަލުތަކާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކާއި ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު