ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

TTH_Ads
STO_Ads
Advertisement

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ އަދި ވ އަތޮޅުގައި ފަށައިފި އެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު އިއްޔެ އޮތީ ކ. ތުލުސްދޫގައެވެ. މި ޕްރޮގްރާމްގެ އިތުރުން، “ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް” ގެ ކޮމިއުނިކޭޝަން ކެމްޕޭން ވެސް އިއްޔެ ވަނީ އިފްތިތާހުކޮށްފައެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ.

MMA_Ads
HajjCop_ads
Advertisement

ވަޒީރުުގެ މި ދަތުރުފުޅުގައި ވަނީ މާލެ އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޚިދުމަތް ދިނުމުގައި އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ފަންނީ ބޭފުޅުން ހިމެނޭ ޓީމަކުން ވަނީ ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުމަށް އެކުލަވާލާފައިވާ ގައުމީ ރޯޑްމެޕާ ގުޅޭ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޞިއްޙީ ދާއިރާގެ އަބަދުގެވެސް އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނާއި ގާތުން އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ފަސޭހަކަމާއިއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެކަށީގެންވާ ފެންވަރުގައި ފަރުވާ ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ،  ޅަފަތުގައި ޖެހޭ ބަލިތަކުގެ ބިރުވެރިކަން ތަޙައްމަލު ކުރަމުން ދިޔަ ދިއުން ރާއްޖޭގައި ނިމުމަކަށް ގެނެވުނު އެއްސަބަބަކީ ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ރައްޔިތުންނާއި ގުޅިގެން ކުރި ބުރަ މަސައްކަތްކަން ކަމަށެވެ.

މިއަދުގެ އާއްމު ޞިއްޙަތުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، އެންމެ ކަންބޮޑުވާ މައްސަލައަކީ ދިގުމުއްދަތަށް ފަރުވާ ކުރަންޖެހޭ ގައިންގަޔަށް ނާރާ ދާއިމީ ބޮޑެތި ބަލިތަށް ނުވަތަ ނަން ކޮމުއިނިކަބަލް ޑިޒީޒަސް އިންތިހާއަށް އިތުރުވެފައިވާ މައްސަލަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދުޅަހެޔޮކަމުގައި މުހިއްމީ ފަރުދީ އަދި ޢާއިލީ ފެންވަރުގައި ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުގެ މައްޗަށާއި، ވަށައިގެންވާ މާޙައުލުގައި ކަންކަން އިންތިޒާމުވެފައި ހުންނަ ގޮތުގެ އިތުރުން ޞިއްޙީ މަޢުލޫމާތާއި ޞިއްޙީ ފަރުވާ ފަސޭހަކަމާއިއެކު ލިބޭނެހެން ޞިއްޙީ ޚިދުމަތުގެ ނިޒާމު ޤާއިމުވެފައިވުން ކަމަށް ވަޒީރު ވިދާޅުވިއެެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

Minister Geela Ali

ދެވުޒާރާ އެއްކުރުމުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ: ޤީލާ

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި