ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދެން، ނަފްސާނީ ހާލަތެއް ދިމާވެއްޖެނަމަ އަވަހަށް އެހީ ހޯދާ: މިނިސްޓްރީ

NAL
TTH_Ads
STO_Ads
Advertisement

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށާއި، ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ފަންނީ ބޭފުޅުން މަސައްކަތްކޮށްދެއްވުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގޮވާލައްވައިފިއެވެ.

ހަނގާކުރުމާއި އަމިއްލައަށް މަރުވުންފަދަ މައްސަލަތަކެއް ފެންމަތިވެފައިވާ މިދުވަސްވަރު އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވަނީ ގޮވާލާފައެވެ.

އެވުޒާރައިން ވަނީ  އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައެވެ.

HajjCop_ads
Advertisement

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، މެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވުޒާރާއިން ގޮވާލިއެވެ.

މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއްކަމަށާއި، އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެވުޒާރާއިންވަނީ އެދިފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު