ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ހުޅުވާލުމާ ގުޅޭގޮތުން ޓްރަމްޕް ހަގީގަތާ ޚިލާފް ބަޔާންތައް ނެރޭތީ އީރާނުން ނުރުހުން ފާޅުކޮށްފި

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން
TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި އީރާނުން އާންމުކޮށް ހުޅުވާލުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމުގެ ކްރެޑިޓް ނަގައި އަދި ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުންނާއި އަދި އީރާނާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތައް ފަތުރަމުން ގެންދާތީ އީރާނުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ތަރުޖަމާނު ސައްޔިދު މުހައްމަދު މެހްދީ ތަބަތަބާއީ ވިދާޅުވީ، ހޮރްމޫޒާ ގުޅޭގޮތުން ދުޝްމަނުން ފަތުރަމުން ގެންދަނީ އަސާސެއް ނެތް ބަޔާންތަކެއް ކަމަށެވެ.

އީރާނުގެ ރައީސްގެ ތަރުޖަމާނު މިފަދައިން ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި ދެން ދުވަހަކުވެސް ބަންދު ނުކުރަން އީރާނުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރިތާ އިރުކޮޅެއް ފަހުންނެވެ.

HajjCop_ads
Advertisement

ސައްޔިދު މުހައްމަދު މެހްދީ ތަބަތަބާއީ ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި މިހާރު ހުޅުވާފައިވަނީވެސް ބައެއް ޝަރުތުތަކާ އެކުގައި ކަމަށެވެ. އަދި ކަނޑުއޮޅި އަލުން ހުޅުވާލީ ހަމައެކަނި އީރާނުގެ އިސްނެގުމަށް ކަމަށްވެސް، އީރާނު ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އީރާނުން ހޮރްމޫޒު ހުޅުވާލާފައިވަނީ ހަމައެކަނި ކޮމާޝަލް އުޅަނދުތަކަށެވެ. އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދުތަކަށް ހޮރްމޫޒު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ހޮރްމޫޒު ކަނޑުއޮޅި އާންމުކޮށް ހުޅުވާލިކަން އިއުލާން ކުރެއްވީވެސް އީރާނުގެ ޚާރިޖީ ވަޒީރު ޑރ. އައްބާސް އަރަޣްޗީއެވެ. އެކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކޮމާޝަލް ބޯޓުތަކަށް ހޮރްމޫޒު އާންމުކޮށް ހުޅުވާލީ ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ހޮރްމޫޒު ހުޅުވާލީވެސް، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ހިމެނޭ މުއްދަތަށް ކަމަށްވެސް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ. ލުބުނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލަން އެއްބަސްވީ 10 ދުވަހުގެ މުއްދަތަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި