ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް ނިޝާން

43
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހީމް ނިޝާން އަޙްމަދު، އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމު ހުސްވީ، އެ މަގާމުގައި ގިނަ ދުވަސްތަކަކު ހުންނެވި މައިމޫނާ އަބޫބަކުރު މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.

ނިޝާންއަކީ އާންމު ސިއްހަތުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެޗްޕީއޭގެ އިސް މަގާމުތަކުގައި ހުންނަވައިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

HajjCop_ads
Advertisement

އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އިސް ދައުރެއް އޭނާ އަދާކުރެއްވިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތައް ވިލަރެސްކުރުމުގައި މުހިންމު މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ.

ހިމަބިއްސާއި ރުބެއްލާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ރާއްޖެއިން ނައްތާލުމަށް ހިންގި ގައުމީ ޕްރޮގްރާމްތަކުގައި އިސްކޮށް އުޅުއްވިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަކީ އެޗްޕީއޭ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވަންޖެހޭ ފަރާތެވެ. މި މަގާމަށް ގާނޫނުން ލިބިދޭ ބައެއް ބާރުތަކުގެ ތެރޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ސިއްހީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް ބޭނުންވާ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް އެންގުން ހިމެނެއެވެ.

ނިޝާން މި މަގާމާ ހަވާލުވެވަޑައިގަތުމަކީ ރާއްޖޭގެ އާންމު ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ