ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ފުލުހުންގެ ވަފުދެއް ފ. ފީއަލީ ކައުންސިލާ ބައްދަލުކޮށްފިއެވެ.

2026 އޭޕްރީލް 11 ވަނަ ދުވަހު ފީއަލީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ. މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރިއެވެ.

މީގެއިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލިއެވެ.

ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފައެވެ.

ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ

މި މައްސަލައިގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ގެސްޓްހައުސްއަކަށް ބުކިން ހެދުމަށް ފޭކް ސްލިޕެއް ފޮނުވުމަށްފަހު އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި

police

ފްލައިޓެއްގައި ތިބި ފަސިންޖަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

HFcBWyha8AIBfUw

ފިހުނު ބިދޭސީ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

Igmh

މާފަންނު ގެއަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ