ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގައި ނުގެނެވިހުރި 2,500 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

Screenshot 2026 04 12

ސްރީލަންކާގެ ޕޯޓްގައި ނުގެނެވިހުރި ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް އަވަހަށް ރާއްޖެ ގެނެވޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތްތައް ކާމިޔާބުވެފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ސަޢީދު ވިދާޅުވީ، މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދުގައި 1,200 ކޮންޓެއިނަރުގެ މުދާ ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފައި. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ.

އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ލަންކާގެ ބަނދަރުގައި ހުރި ކޮންޓެއިނަރތައް ކްލިއަރކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުުރުން، ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޚަރަދު ކުޑަކުރުމަށް އެމްޕީއެލް އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި

MPL Rishvan

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ރިޝްވާން އިސްތިއުފާދެއްވައިފި

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި