ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާގުޅޭ މަޝްވަރާތަކެއް

HFssX4 awAAsbzJ

ހުޅުމާލޭގައި ބިނާ ކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައްކޮށްފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި ބައްދަލު ކުރައްވައެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށެވެ. އަދި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެއެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shaheem

ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ނިމިއްޖެ، ވީސާވެސް ދޫކޮށްފިން: ޑރ. ޝަހީމް

Oo

ހުޅުމާލޭ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފީ

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް