މިއަހަރުގެ ޙައްޖުގެ ހުރީހާ އިންތިޒާމުތަކެއް މިހާރު ފުރިހަމަކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވި ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ. ޝަހީމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއްނެތްކަމަށެވެ. އަދި ދިވެހި ޙައްޖާޖީންގެ އެންމެހާ ދަތުރުގެ އެންމެހާ ކަންތައްތަކެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހި އިންތިޒާމްކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއިން ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ. އެގޮތުން ހަތަރު ފްލައިޓެއްގައި ޙައްޖުވެރިން ފުރާނެއެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފަވާ ތާރީޚުތައް:
• ފްލައިޓް 1 – 15 މޭ – 242 މީހުން
• ފްލައިޓް 2 – 17 މޭ – 250 މީހުން
• ފްލައިޓް 3 – 18 މޭ – 243 މީހުން
• ފްލައިޓް 4 – 19 މޭ – 250 މީހުން
މިއަހަރަކީ ކުރީގެ އެހެން އަހަރުތަކަށްވުރެ އިންތިޒާމުތައް ފުރިހަމަ އަހަރެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު